ޞިއްޙީ މަރުކަޒުގެ ޑަކްޓަރާއި ދެކޮޅަށް ޒުވާނުންގެ ބަޔަކު ނުރުހުން ފާޅުކޮށްފި!
906996_584202808271176_2000604640_o

ނެއްލައިދޫ ޞިއްޙީ މަރުކަޒުގެ ޑަކްޓަރާއި ދެކޮޅަށް ރަށުގެ ޒުވާނުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ރޭ ނުރުހުން ފާޅުކޮށްފިއެވެ.
ރަށުގެ ޒުވާނުންގެ ކެތްތެރިކަން ކޮޅުންލީ، އިއްޔެ މާބަނޑު އަންހެނަކު ބަނޑުގައި ރިއްސައިގަތުމުން ޞިއްޙީ މަރުކަޒަށް ދިޔަ އިރު، ޑަކްޓަރެއް ، ނަރުހެއް ނެތި އާއްމުންގެ ބައެއްގެ އެހީތެރިކަމާއެކު، ވިހެއުމާއި ގުޅިގެންނެވެ. އެވަގުތު މަރުކަޒުގައި ތިބީ ހަތަރު ފިރިހެން މުވައްޒަފުންކަމަށާއި އެ މާބަނޑުމީހާ ވިހާފައިވަނީ ކަމުވޮށިގެންވާ އަންހެނުންތަކެއްގެ އެހީތެރިކަމާއެކުގައެވެ. އަދި މި މައްސަލަ އިތުރަށް ހޫނުވެ، ގިނަ އަދަދެއްގެ ބަޔަކު ޑަކްޓަރު އުޅުއްވާ ގޭދޮށަށް އެއްވެ ނުރުހުން ފާޅު ކުރަންފެށީ، ޑަކްޓަރު ހަވީރު ޑިޔުޓީއަށް ނިކުމެ ވިހައިގެން އޮތް އަންހެންމީހާއާއި ކުޑަ ކުއްޖާ އިތުރަށް ފަރުވާ ދިނުމަށް ކުޅުދުއްފުއްޓަށް ގެންދިޔުމަށް ލަފާ އެރުއްވުމުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ދެއްކުމުން ދެމައިންގެ އެއްވެސް މައްސަލައެއް ނެތްކަމަށްބުނުމާއި، އެމަޖެންސީ ކޮށް އަންނަން ޖެހޭ ހާލަތެއް ނޫންކަމަށް ހޮސްޕިޓަލުން ބުނުމުންނެވެ. މިމައްސަލައިގައި ފުރަތަމަ ނުރުހުން ފާޅުކޮށްފައިވަނީ ޑަކްޓަރު އުޅުއްވާ ގޭ ކައިރީ ނަމަވެސް، ފަހުން މަރުކަޒަށް ގޮސް އެތަނުގައިވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާއި ފޯނުން ވަނީ މަސްވަރާކުރެވި ރައްޔިތުންގެ ސަކުވާ އުފުލާފައެވެ. ރަށުގައި ނުރުހުން ފާޅުކުރަމުން ދިޔަ ވަގުތު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައިވެސް މެނޭޖްމަންޓްގެ އިސްވެރިންނާއި ރަށުގެ ބައެއް ފަރާތްތައް ދިޔައީ ބައްދަލުކުރަމުންނެވެ. އެގޮތުން، މިއީ މިފަދަ ގޮތަކަށް ޑަކްޓަރާއި ބެހޭގޮތުން ނެއްލައިދޫއިން ސަކުވާއައި ފުރަތަމަ ފަހަރުކަމަށާއި މިއަދު ދިމާވިކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާއިމެދު ޤަވާޢިދުން ފިޔަވަޅު އަޅާނެކަމަށް ވަނީ ބުނެފައެވެ.
މިމައްސަލަ އިތުރަށް އަވަސް ކުރުމަށާއި ރައްޔިތުންގެ އަޑު އުފުލުމުގެ ގޮތުން ނެއްލައިދޫ ކައުންސިލުންވެސް ވަނީ ނެއްލައިދޫ ސިއްޙީ މަރުކަޒަށް ސިޓީއެއް ރޭ ފޮނުވާފައެވެ. ކައުންސިލްގެ ރައީސް މުހައްމަދު ވާފިރު ސޮއި ކުރައްވާފައިވާ އެސިޓީގައި، ރައްޔިތުންގެ ފަރާތުން ހުރި ގިނަ ސަކުވާތައް ހިމަނާ އެކަންކަން ހައްލުކޮށްދިނުމަށް ވީހާވެސް އަވަހަށް އެދިފައިވެއެވެ. އެގޮތުން، ޑަކްޓަރަށް ކިތަންމެ ކުޑަ ކަމަކު ދެއްކިޔަސް ތިންދުވަސް ވަންދެން އެޑްމިޓް ކުރާކަމާއި، ކަނޑައިގެން ދާ ތަންތަން ފަހަންވެސް ނޭނގޭކަމާއި، މަރުކަޒުގައި ވަސީލަތްތައް ނެތްކަމާއި، ޑަކްޓަރު އިތުރު ގަޑި ފުރާކަމުގެ ސަކުވާ ހިމަނާފައިވެއެވެ.
ނުރުހުން ފާޅުކުރުން މިރެއަށް ބައިވެރިން ހުއްޓާލާފައިވަނީ އެކެއްވެސް ޖެހިފަހުން، މިއަދު މެނޭޖްމަންޓްގެ ބައްދަލުވުމަށްފަހު، ވަކި ޖަވާބެއް ދޭނެކަމަށް ބުނުމުންނާއި، އަންގާރަ ދުވަހަކީ އެންމެ ފަހު ދުވަސްކަމަށް ބުނެ އިންޒާރު ދެމުންނެވެ.
އިސްތިހާރު
ނެއްލައިދޫ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ނެއްލައިދޫގެ ޤަބުރުސްތާން ސަރަހައްދު ސާފުކޮށްފި882478_582174021807388_1224231147_o!ނެއްލައިދޫ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ރަށުގެ ޤަބުރުސްތާން ސަރަހައްދުގައި ހުރި ރުއްގަސް ނަގައި ސާފުކޮށްފިއެވެ.

އިއްޔެ ހެނދުނު އަށެއް ޖެހިއިރު ފެށި މިމަސައްކަތުގައި، ޤަބުރުސްތާނަށް ފަހުން އިތުރުކުރި ބައިގައި ހުރި ރުއްތަކާއި ގަސްތައް ކީހައި، އެސަރަހައްދުން ބޭރުކުރެވިފައިވެއެވެ. މިމަސައްކަތުގައި ނެއްލައިދޫ ރައްޔިތު ފިރިހެނުންނާއިއެކު ދެން ހަރަކާތްތެރިވެފައިވަނީ ކައުންސިލްގެ އެދުމުގެ މަތީން އެމްއެންޑީއެފްގެ ވިއްސަކަށް ބޭފުޅުންގެ ޓީމެކެވެ. އެގޮތުން މިމަސައްކަތުގައި އެސަރަހައްދުގައި ހުރި ސާޅީހަކަށް ރުކާއި، ބޮޑު ދެ މިދިލިގަސްވަނީ ކަނޑާލެވިފައެވެ.

މަސައްކަތް ކުރިޔަށް ދިޔައިރު، ނުވަގަޑި ޖޫހާއި، މެންދުރު ކެއުން އަދި ހަވީރު ސައި ރައްޔިތުން އަންހެނުން ތައްޔާރުކޮށް އެސަރަހައްދަށް ގެންދިޔައެވެ. މަސައްކަތް ނިންމާލާފައިވަނީ ހަވީރު ފަހެއް ޖަހާކަށް ހާއިރުއެވެ.